އުފަންދުވަހުގެ ރަޖިސްޓްރީ އަދި ހުއްދަ
ކުއްޖާގެ އުފަން ރަޖިސްޓްރީ ކޮށް ރަސްމީ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުން. ދިވެހި ރައްޔިތަކަން ސާބިތުކުރާ ލިޔެކިޔުން ހޯދުމަށާއި ސަރުކާރުގެ އެކިކަހަލަ ޚިދުމަތްތައް ހޯދުމަށް މި ޚިދުމަތް ވަރަށް މުހިންމް.
އަލަށް އުފަންވުން ރަޖިސްޓްރީކޮށް އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން
- 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެ.
- އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހެޅުމަކީ އެކުއްޖެއްގެ ބައްޕަ އަދި ބައްޕަ ނެތްނަމަ އެކުއްޖެއްގެ މަންމަ، އަދި މަންމަވެސް ނެތްނަމަ އެކުއްޖެއްގެ އެންމެ ގާތް ބަލަދުވެރިއަކު ކުރަން ޖެހޭނެ ކަމެއް.
- އުފަންވެގެން އަލަށް އުފަންދުވަހުގެ ރަޖިސްޓްރީ ހަދާ ނަމަ ރަޖިސްޓަރީ ކުރާ ނަމަކީ އިސްލާމިކް މިނިސްޓްރީގެ ނަން ފޮތުގައިވާ ނަމަކަށް ވާންވާނެ. އިސްލާމިކް މިނިސްޓްރީގެ ނަން ފޮތުގައިނުވާ ނަމެއްނަމަ ނަން ފާސް ކުރާ ފަރާތެއް މެދުވެރިކޮށް ނަން ފާސްކުރަން ވާނެ.
- އަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ފީއަކީ 25 ރުފިޔާ
އުފަންދުވަހުގެ ސެޓްފިކެޓް އާކުރުން ނުވަތަ ގެއްލިގެން ހެއްދުމަށް
- 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެއެވެ.
- 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
- މި ހިދުމަތަށް އެދޭ އިރު އާކުރަން ބޭނުންވާ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު ބޭނުންވާނެ.
މައުލޫމާތު ބަދަލު ވެގެން
- ޑީއެންއާރް ޕޯޓަލްއަށް ލޮގިންކުރުމަށްފަހު މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހެދުމަށް އެދުން
- 18 އަހަރުން ދަށުގެ ކުދިންގެ އައޑީކާޑު ހެދޭނީ މަންމަ ނުވަތަ ބައްޕަގެ އެކައުންޓުގައި ޑިޕެންޑެންޓެއްގޮތުގައި އެކުއްޖާ އެޅުމައްފަހުއެވެ.
- ފޯމު ހުށަހަޅާއިރު އައިޑީކާޑު ނަގަން ބޭނުންވާ ކަލެކްޓިން ސެންޓަރއެއްގެ ގޮތުގައި ބޭނުންވާ ރަށެއް ނެގުން
- ޑީއެންއާރްއިން ފޯމު ވެރިފައިކުރުމަށްފަހު މައުލޫމާތު ރަނގަޅުނަމަ ފީ ދައްކަން ލިންކު ފޮނުވޭނެ.
- ފީދެއްކުމުން ކާޑު ތައްޔާރުކޮށް ހިޔާރުކުރައްވާފައިވާ ކަލެކްޓިން ސެންޓަރުން ނެގޭނެ އިންތިޒާމް ހަމަޖެހިގެންދާނެ
މަޢުލޫމާތު ބަދަލުވެގެން އުފަންދުވަހުގެ ސެޓްފިކެޓް އަލުން ހެއްދުމަށް
- 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގްއިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެ.
- 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
- 10 އަހަރުން މަތީ ކުއްޖެއްނަމަ މުއްދަތު ހަމަނުވާ ގާނޫނީ ފޯމް ބޭނުންވާނެ.
- ކުރިން ހަދާފައިވާ އުފަންދުވަހުގެ ސެޓްފިކެޓްގެ (އަޞްލު) ބޭނުންވާނެ.
