ދިރާސާކުރުމުގެ ހުއްދަ
ފުވައްމުލަކު ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި ދިރާސާ ކުރުމުގެ ހުއްދައެއް އެދުން އަދި ނޭޗަރ ޕާކްގެ ރިސާޗް ހުއްދައަށް އެޕްލައި ކުރުމަށް ނުވަތަ ބަދަލު ގެނައުމަށް މި ޚިދުމަތް ބޭނުންކުރެވިދާނެ
- ދީފައިވާ ވަންގަވް ލިންކު މެދުވެރިކޮށް ދިރާސާކުރުމުގެ ހުއްދައަށް އެދި ހުށައަޅުއްވާ
- އަމިއްލަ ފަރުދުންގެ ގޮތުގައި އެދޭ ފަރާތްތަކުން ރިސާޗް ޕްރޮޕޯސަލް/ކޮންސެޕްޓް ނޯޓް އަދި ސީވީ ހުށައަޅުއްވާ
- ޖަމިއްޔާ ނުވަތަ އިދާރާތަކުން އެދޭނަމަ، ރަޖިސްޓްރޭޝަން ސެޓްފިކެޓް، އެންޑޯސްމަންޓް ސިޓީ، ރިސާޗް ޕްރޮޕޯސަލް އަދި ސީވީ ހުށައަޅުއްވާ
- ކޮމާޝަލް ރިސާޗް ޕާމިޓް ފީ އަކީ 3000 ރުފިޔާ (ދަރިވަރުން މި ފީއިން އިސްތިސްނާވާނެއެވެ)
- ދިރާސާގެ ނަން، މަގްސަދު، ތާރީހު ނުވަތަ ދިރާސާކުރާ ފަރާތުގެ މައުލޫމާތަށް ބަދަލެއް އަންނަނަމަ، އަޕްޑޭޓްކޮށްފައިވާ ޕްރޮޕޯސަލެއް ހުށަހަޅައިގެން އެ ބަދަލުތައް ގެނައުމަށް އެދެވިދާނެ
- ހުއްދަ ލިބޭ ފަރާތްތަކުން ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކަންވާނެއެވެ؛ ހުއްދަތައް 2 ނުވަތަ 3 ރަސްމީ ދުވަސް ތެރޭގައި ޕްރޮސެސް ކުރެވޭނެ
- ހުރިހާ ހަރަކާތްތަކެއްވެސް ފުވައްމުލަކު ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު (2018/R-106) އާ އެއްގޮތަށް ކުރިއަށް ގެންދަންވާނެ
