ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުއްދަ
މި ޚިދުމަތުން ފުވައްމުލަކު ނޭޗަރ ޕާކްގައި ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ހަރަކާތްތައް ހިންގުމުގެ ހުއްދައެއް ހޯދުމުގެ ފުރުޞަތު ފަރުދުންނަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ލިބިގެންދާނެ
- ދީފައިވާ ވަންގަވް ލިންކު މެދުވެރިކޮށް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުއްދައަށް އެދި ހުށައަޅުއްވާ
- ވިޔަފާރި އުސޫލުން މަސައްކަތްކުރާ ކްރޫއެއްނަމަ، ހުރިހާ މެންބަރުންގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ބޭނުންވާނެ
- ފޯކަލް ޕޮއިންޓެއް އައްޔަންކުރާނަމަ، އެ ފަރާތެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ހުށައަޅުއްވާ
- ފީތައް: އިވެންޓް ފޮޓޯ/ވީޑިއޯ (150 ރުފިޔާ)، ކޮމާޝަލް ފޮޓޯ (500 ރުފިޔާ)، ކޮމާޝަލް ވީޑިއޯ (3000 ރުފިޔާ)، ޑްރޯން ހުއްދަ (100 ރުފިޔާ)
- ހުއްދަ ލިބޭ ފަރާތްތަކަށް ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ނޮޓިފިކޭޝަން ފޮނުވޭނެ
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންތައް 2 ރަސްމީ ދުވަސް ތެރޭގައި ޕްރޮސެސް ކުރެވޭނެ
- މިއީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށްވާތީ، ހަރަކާތް ނިމުމުން އެ ސަރަހައްދު އެއްކޮށް ސާފުކޮށް، ހުރިހާ ކުނިބުނި ނަގާފައިވާކަން ބޭނުންކުރާ ފަރާތްތަކުން ކަށަވަރުކުރަންވާނެ
