މިސްކިތް މަރާމާތުކޮށްދިނުމަށް އެދުން
މިސްކިތްތަކުގެ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓުމަށްޓަކައި ކައުންސިލުން ހުއްދަ ދީގެން ކުރެވޭ މަސައްކަތެކެވެ. މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދައަށް އެދި ހުށަހަޅަންޖެހެއެވެ. ހުށަހެޅުމުގައި މަރާމާތުގެ ތަފްސީލު، ޕްލޭން އަދި ޚަރަދު ހިމަނަންވާނެއެވެ. ކައުންސިލުން މި ހުށަހެޅުން ބަލައި، ހުއްދަ ދިނުމާމެދު ނިންމައި، އެކަން އަންގައެވެ. މިއީ މިސްކިތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭ މުހިންމު ޚިދުމަތެކެވެ.
- މިސްކިތުގެ ނަން، ތަފްޞީލު އަދި މަރާމާތު ކުރަން ބޭނުންވާ ސަބަބު ބަޔާންކުރަންވާނެއެވެ
- ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުން: - މަރާމާތު ކުރުމުގެ ޕްލޭން - އަންދާސީ ހިސާބު - މަރާމާތު ކުރުމަށް ހިނގާނެ ޚަރަދުގެ ތަފްޞީލު
- ހުއްދަ އަށް އެދުމުން ކައުންސިލުން ބެލުމަށްފަހު އިތުރު މަޢުލޫމާތު ބޭނުންވެއްޖެނަމަ ގުޅުމަށްފަހު ރިކުއެސްޓް ޕްރޮސެސްކުރުން. އަދި އިތުރު މަޝްވަރާ ބޭނުންވާނަމަ ބައްދަލުކޮށް މަޝްވަރާކުރެވޭނެއެވެ.
- ހުއްދަ އާއި ގުޅޭ ގޮތުން ނިންމޭ ނިންމުން ސިސްޓަމް އިން އެގެން ހުންނާނެއެވެ. އަދި ހުއްދައަށް އެދޭ ފަރާތަށް ގުޅާ އެކަން އެންގޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ކައުންސިލްގެ މޮސްކް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް ޔުނިޓްގެ ހޮޓްލައިން ނަންބަރު 7475001 އަށް ގުޅުއްވުން އެދެމެވެ
