މަގުމަތީގައި މަސައްކަތްކުރުމުގެ ހުއްދަ
މި ސިޓީގައި މަގު ބަންދުކޮށްގެން މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތެއް ކުރުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ. އެގޮތުން މަގު ކޮނުން، ތަކެތި ވަޅުލުން، އިމާރާތްކުރުމުގެ މަސައްކަތް، އިޖްތިމާއީ މަސައްކަތް އަދި އެހެނިހެން މަސައްކަތް ކުރުމަށް މަގު ބަންދުކުރާނީ މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު (2019/R-967) އަދި މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ވާއިދު (2019/R-974)ގައިވާ ގޮތުގެ މަތިންނެވެ.
- ވަންގަވް އިން 'އިޝުއެންސް އޮފް ރޯޑް ޕާމިޓް' ފޯމް ފުރުން
- މަގުމަތީގައި ކުރަން ބޭނުންވާ މަސައްކަތުގެ ބާވަތް ޓައިޕެއް ގޮތަށް ނެގުން
- ކައުންސިލުން ފޯމު ވެރިފައިކޮށް ބަންދުކުރުމަށް އެދިފައިވާ ސަރަހައްދު ބަލައި އެސަރަހައްދު މަސައްކަތްކުރެވޭނެ ހާލަތެއްގައި އޮތްކަން ޔަަގީންކުރާނެ
- ސަރަހައްދު ރަނގަޅުނަމަ މަގު ބަންދުކުރުމަށް ނަގާ ފީ ދެއްކުމަށް މެސެޖަކުން ނުވަތަ އީމެއިލްއިން ލިންކެއް ފޮނުވޭނެ
- ފީދެއްކުމުން ހުއްދަ ދޫކުރިކަމުގެ ލިޔުން އަދި މަގު ބަންދު ބޯޑު ކައުންސިލުން ލިބޭނެ
