ފުވައްމުލަކު ބަނދަރު އަދި އެއްގަމު ތޮއްޓަށް ކައިރި ކުރުމުގެ ހުއްދަ
ފުވައްމުލައް ބަނދަރުގެ އެއްގަމު ތޮއްޓަށް އުޅަނދުފަހަރު ކައިރި ކުރުމުގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ. އެގޮތުން މުދާ އަރުވައި ބޭލުމަތް، އުޅަނދު މަރާމާތުކުރުމަށް އަދި އެހެނިހެން ބޭނުންތަކަށް ބަނދަރުގެ ބޭނުންކުރެވޭނީ ކައުންސިލުންދޭ ހާއްސަ ހުއްދައިގެ ދަށުންނެވެ. މިއީ ބަނދަރުގެ ރައްކާތެރިކަމާއި ހަރުދަނާ ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅެކެވެ. ހުއްދައަށް އެދޭނީ ކައުންސިލުން ކަނޑައަޅާފައިވާ ފުވައްމުލަކު ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދު 2022 (ނަންބަރު Q/2022/03) އާއި އެއްގޮތަށެވެ.
- މަތީގައިވާ ލިންކުން ވަން.ގަވް މެދުވަރިކޮށް މި ހިދުމަތަށް ހުށަހެޅޭނެ
- ހުއްދަ ދެވޭނީ ފޯމު ހުށަހެޅި ފަރާތުގެ އުޅަނދު ބަނދަރަށް ވަނުމަށް ފަހުގައި
- ބަނދަރަށް ވަނުމަށްފަހު ކައިރިކުރާނެ ޖާގަ ހަމަޖެހެންދެން ހާބާ އޮފިސަރު އަންގާތަނެއްގައި މަޑުކުރަންވާނެ
- ޖާގަ ހަމަޖެހުމުން ހާބާ އޮފިސާ އަންގާނެ ، އެންގުމުން އެ އުޅަނދެއް ކައިރިކުރަންވާނެ
- ކައިރިކޮށް ނިމުމުން ހުއްދަ ލިބިގެންދާނެ
- އުޅަނދު ހިލޭ ބަނދަރުކޮށްފައި ބޭއްވޭނީ 48 ގަޑި އިރަށް. 48 ގަޑި އިރަށްވުރެ އިތުރުވާނަމަ އުޅަނދުގެ ބޮޑު މިނަށްބަލާފައި ފީއެއް ނެގޭނެ
