24 ގަޑިއިރު ފިހާރަ ހުޅުވުމުގެ ހުއްދަ
24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަކީ އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، މިތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށްޓަކައި ދޫކުރެވޭ ހުދައެކެވެ. މި ހުއްދަ ދޫކުރެވޭނީ ، އެ ތަންތަނުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމައެވެ.
- ކައުންސިލްގެ ރަސްމީ އީމެއިލް ([email protected]) މެދުވެރިކޮށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދުން
- ވިޔަފާރި ކުރާތަނުގެ ބޭރުން ބަލާއިރު، ތަނުގެ އެތެރެ ސާފުކޮށް ފެންނާނެ ގޮތަށް އަލިކުރެވިފައި ހުންނަންވާނެ
- ވިޔަފާރި ކުރާތަނުގައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރަންވާނެ
- ވިޔަފާރި ކުރާތަނުން ވިއްކަންވާނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މުދާތައް
- 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްކަން އެނގޭ ގޮތަށް '24/7' ލިޔެފައިވާ ބޯޑު ވިޔަފާރިކުރާ ޢިމާރާތުގެ ބޭރަށް ފެންނާނެ ގޮތަށް ބަހައްޓާފައި ހުންނަން ވާނެ
- މިހުއްދައިގެ ދަށުން ޢާންމުކޮށް 24 ގަޑިއިރު ޚިދުމަތް ދޭންވާނެ.
