މައިގަނޑު ބަޔަށް ދާން
1618
ފުވައްމުލައްސިޓީ ކައުންސިލް

"ފުވައްމުލައް ސިޓީ ކައުންސިލް އަންޑަރ 19 ހޭންޑްބޯޅަ މުބާރާތް 2026" ސްޕޮންސަރ ކުރުމަށް ހުޅުވާލުން

ޕަބްލިޝްކުރެވުނު ތާރީޚް: 27 އޮކްޓޯބަރ 2026

ފުވައްމުލައް ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ކުޅިވަރު ކަލެންޑަރުގައި ހިމެނިގެން "ފުވައްމުލައް ސިޓީ ކައުންސިލް އަންޑަރ 19 ހޭންޑްބޯޅަ މުބާރާތް 2026" ބޭއްވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ މުބާރާތްތަކަކީ ޒުވާނުންގެ ކުޅިވަރު ހުނަރު ތަރައްޤީކޮށް، އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކަށް ތައްޔާރުވާނެ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތްތަކެވެ. އެގޮތުން 2026 ވަނަ އަހަރު ބޭއްވޭ އަންޑަރ 19 ހޭންޑްބޯޅަ މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ތަރައްޤީއާއި ވާދަވެރިކަން އިތުރުކޮށް، ހޭންޑްބޯޅަ ކުޅުމުގެ ފެންވަރު މަތިކުރުމަށް ބޭއްވޭ މުހިންމު މުބާރާތެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލަށް ސިޓީ އަދި ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ކުޅިވަރުގެ ރޫޙް އާލާކޮށް، އައު ކުޅުންތެރިން އުފައްދައި، ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމެވެ. މިއާއެކު، އިޖްތިމާޢީ ގޮތުން އެއްބާރުވެރި އަދި ކުޅިވަރަށް ޝައުޤުވެރި މުޖުތަމައެއް ބިނާކުރުމަށް ބާރުއަޅާ މުބާރާތެކެވެ.

މިފަދަ މުބާރާތްތައް ކާމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް އަންޑަރ 19 ހޭންޑްބޯޅަ މުބާރާތް 2026" ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

ވީމާ، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް