ވިޝަން އަދި މިޝަން
ވިޝަން
ދިރިއުޅެން ހިތްގައިމު، ރިވެތި، ފެހި، ފަހި ސްމާޓް ސިޓީ އަކަށް ފުވައްމުލައް ހެދުމަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ފުރިހަމަގޮތަށް ދިނުމުގައި ނަމޫނާ ކައުންސިލަކަށްވުން.
މިޝަން
ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އަވަހަށް ފަސޭހަކޮށް، މާލީ ޒިންމާދާރުވެރިކަމާއެކު ރަށުގެ މުއްސަނދިކަމަށް ފާރަވެރިވެ ތިބެ ދިނުން. އަދި ދީންވެރި، ވިލުންވެރި، އިގްތިސާދީގޮތުން ފުދުންތެރި، އިޖްތިމާއީ ހާލަތު ރަނގަޅު، ސަގާފީގޮތުން މުއްސަނދި، ބާރުވެރި ރައްޔިތަކު އުޅޭ މުޖުތަމައެއް ބިނާކުރުމަށް
ކޯ ވެލިއުސް
އެއްޓީމެއް
އަހަރެމެންނީ އެކަކު އަނެކަކަށް އަޅާލާ, އެހީތެރިވެ, އިތުބާރުކޮށް, އިޙްތިރާމާއެކު ގުޅިގެން މަސައްކަތްކުރާ ބަޔަކީމެވެ.
ނަޒާހަތްތެރި
އަހަރެމެންނީ އެންމެ ރަނގަޅު ސުލޫކުގައި ދެމިތިބެ, ވަކި ފަރާތަކަށް ނުޖެހި, ތެދުވެރިކަމާ އިޚްލާޞްތެރިކަމާ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބަޔަކީމެވެ.
ފުރިހަމަ
އަހަރެމެންނީ ކަމާވެގެން އެންމެ ފުރިހަމަކޮށް ޒަމާނާއި ގުޅޭ ގޮތަށް އެންމެ ފެންވަރު ރަނގަޅު މިންގަނޑުތަކަށް މަސައްކަތް ކުރާ ބަޔަކީމެވެ.
އިސްނެގުން
އަހަރެމެންނީ އިސްނަގާ އަދި ކުރާ ކޮންމެކަމެއްގައި ފުރިހަމަ ޒިންމާ ނަގައިގެން މަސައްކަތްކުރާ ބަޔަކީމެވެ.
ޝައުގު
އަހަރެމެންނީ ޝައުގުވެރިކަމާއި ޖޯޝާއި ފޯރީގައި މަސައްކަތް ކޮށް ހާސިލްކުރާ ކާމިޔާބީތައް އުފަލާއެކު ފާހަގަ ކުރާ ބަޔަކީމެވެ.
އޯގާތެރި
އަހަރެމެންނީ ރައްޔިތުން އަދި އެކުގައި މަސައްކަތް ކުރާ މީހުންނަށް އޯގާތެރި، އެމީހުންގެ އިހުސާސްތައް ދަންނަ އަދި އެއަށް އިހްތިރާމްކުރާ ބަޔަކީމެވެ.
