އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާތައް އަދި އުސޫލު
ފުވައްމުލައް ސިޓީ ކައުންސިލް
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަޑުތަކާއި ޝަރުތުތައް ޏ. ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ރައީސުލް ޖުމްހޫރިއްޔާގެ ޤަރަރާރު ނަންބަރ 2016/8 ގެ ދަށުން، ޏ ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އަދި 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުސޫލުން ހިންގުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުވައްމުލައް ސިޓީ ކައުންސިލްގެ ނަމުގައި ސިޓީ ކައުންސިލެއް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައި ވަނީ 03 ޖޫން 2017 ވަނަ ދުވަހުއެވެ.
މަޤުސަދު
- ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާއި ފުދުންތެރިކަން ހޯދައި ދިނުން
- އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ހޯދައި ދިނުން
- ޕްލޭން ކުރެވިފައިވާ، ދިރިއުޅެން ހިތްގައިމު ސިޓީ އަކަށް ފުވައްމުލައް ސިޓީ ހެދުން
- ފެހި، ސާފު އަދި ރީތި ސިޓީއަކަށް ފުވައްމުލައް ސިޓީ ހެދުން
- އަދި ޒިންމާދާރު، ހިންގުންތެރި ކައުންސިލަކަށް ފުވައްމުލައް ސިޓީ ކައުންސިލް ހެދުން
ނިންމުންތައް ނިންމުމަށް އޮންނަ މަރުޙަލާތައް
ކައުންސިލުން ކުރިއަށްގެންދާ ރައްޔިތުންނާ ގުޅުން ހުންނަ ބޮޑެތި މައްސަލަތައް ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައިގެން އެކަންކަމަށް މަޝްވަރާކޮށް ކުރިއަށް ގެންދާނެ ގޮތަކާއިމެދު ގޮތެއްނިންމުން.
ކައުންސިލުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ކައުންސިލުން ނިންމާ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާހޯދުމަށްފަހު ކުރިއަށްގެންދިއުން.
ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ގުޅުންހުރި ސެކްޝަންތަކަށް ފޮނުވުން.
ކައުންސިލުން ނިންމާނިންމުންތައް ތަންފީޒުކުރެވޭ މިންވަރުބެލުން.
ކޮމިޓީތަކުގެ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ކޮމިޓީތަކުން ނިންމުން: ކައުންސިލް ކޮމިޓީތައް
ވޮލަންޓަރީ އެޑްވައިޒަރީ ބޯޑުތަކުގެ ލަފާ ހޯދުން ލަފާދޭ ބޯޑުތައް
