1618

ކައުންސިލަރ

17 މެއި 2021 - 16 މެއި 2026

ތައާރަފް

ކައުންސިލަރ މުޙައްމަދު އިސްމާޢީލްދީދީ އަކީ  ލޯކަލް ކައުންސިލްގެ 4 ވަނަ ދައުރުގެ ފުވައްމުލައް ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލަރެވެ.  އެބޭފުޅާ ކައުންސިލަރުގެ މަޤާމަށް އިންތިޚާބުކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލްގެ  4 ވަނަ އިންތިޚާބުގައެވެ.  

ކޮމިއުނިޓީ ހެލްތްވޯކަރެއްގެ މަޤާމުން ޞިއްޙީ ދާއިރާއަށް ނިކުމެވަޑައިގެން، ވަޒީފާ އަދާކުރައްވަމުން އިންޑިއާއިން ޕަބްލިކް ހެލްތް ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ.  ކައުންސިލަރ މުޙައްމަދު އިސްމާޢީލްދީދީ ވަނީ ރާއްޖޭގެ ޞިއްޙީ މަރުކަޒުތައް ހިންގެވުމުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރައްވާފައެވެ. މީގެއިތުރުން ސިވިލްސަރވިސްގެ އިސް މަސްއޫލިއްޔަތުތައް ވެސް އަދާކުރެއްވިއެވެ. 38 އަހަރު ދުވަހު ޞިއްޙީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު 55 އަހަރު ވުމުން  މުޙައްމަދު އިސްމާޢިލް ވަޒީފާއިން ރިޓަޔަރ ކުރެއްވިއެވެ.

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކައުންސިލަރ މުޙައްމަދު އިސްމާޢީލްދީދީ ވަނީ ގިނައަހަރުތަކެއްވަންދެން ބަލިމީހުންބަލައި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަވާފައެވެ.                                                                                                             

އިންތިޚާބީ ދާއިރާ

ފުވައްމުލައް މެދު ދެކުނު ދާއިރާ

ސިޔާސީ ޕާޓީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް