ކައުންސިލަރ މަރިޔަމް ޛަޙީނާ އަޙްމަދު
ކުއާޓަރތަކުގެ ހާޒިރީ
ތަޢާރަފް
ކައުންސިލަރ މަރްޔަމް ޛަހީނާ އަޙްމަދަކީ ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރުގައި ފުވައްމުލަކު ސިޓީގެ ދޫޑިގަން ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ. ޛަހީނާ މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ 2026 އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ 5 ވަނަ އިންތިޚާބުގައެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު، ޛަހީނާ ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގައި 6 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގެ 4 ވަނަ ދައުރުގައި ފުވައްމުލަކު އިރުދެކުނު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަންވެސް ޛަހީނާ ވަނީ ފުރުއްވާފައެވެ.
އިންތިޚާބީ ދާއިރާ
ދޫނޑިގަން ދާއިރާ
ހުވާކުރި ތާރީޚް
17 މެއި 2026
ސިޔާސީ ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ކޮމިޓީ
- އެންވަޔަރަމެންޓް، ކްލައިމެޓް އެންޑް ރެސިލިއެންޒް (މުގައްރިރު)
- ލޭންޑް ޔޫސް، ހައުސިންގް އެންޑް އާބަން ޕްލޭނިންގް (ނާއިބު މުގައްރިރު)
- ގަވަނެންސް، ފައިނޭންސް އެންޑް ޑިޖިޓަލް އިނޮވޭޝަން (މެމްބަރު)
- ފިޝަރީޒް، އެގްރިކަލްޗަރ އެން ފުޑް ސެކިއުރިޓީ (މެމްބަރު)
- އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް އެންޑް ޔުޓިލިޓީސް (މެމްބަރު)
- ވިމެން، ފެމިލީ އެންޑް ސޯޝަލް އެފެއާޒް (މެމްބަރު)
- ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ލައިފް (މެމްބަރު)
