މައިގަނޑު ބަޔަށް ދާން
1618
ފުވައްމުލައްސިޓީ ކައުންސިލް

ކުއާޓަރތަކުގެ ހާޒިރީ

ތަޢާރަފް

ކައުންސިލަރ ފާތިމަތު މަޝާއަކީ ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރުގައި ފުވައްމުލަކު ސިޓީގެ މާދަޑު ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.

ތައުލީމީ ބިންގާ ޏ. އަތޮޅު ތައުލީމީ މަރުކަޒުން އެޅުއްވުމަށްފަހު، މަޝާ ވަނީ ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޓީޗިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އެއަރލައިން ރިޒަވޭޝަން، މާކެޓިންގ، ފެއާޒް، އީ-ޓިކެޓިންގ އަދި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް (GDS) ގެ ދާއިރާއިން ވެސް ޑިޕްލޮމާ ހާސިލުކޮށް، ފަންނީ ގޮތުން އިތުރަށް ތަމްރީނުވެފައެވެ.

މަޝާގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، 2013 ވަނަ އަހަރު އެސް.ޓީ.އޯ އާ ގުޅިވަޑައިގެން، އެ މުއައްސަސާގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވިޔަފާރީގެ ތަފާތު ދާއިރާތަކުން އަގުހުރި ތަޖުރިބާތަކެއް ވަނީ ހޯއްދަވާފައެވެ. މި މުއްދަތުގެ ތެރޭގައި ޑިޖިޓަލް މާކެޓިންގ، އިންވެންޓްރީ މެނޭޖްމަންޓް އަދި ސޭލްސް ފަދަ ދާއިރާތަކުން ފަންނީ ތަމްރީނުތައް ފުރިހަމަކުރައްވާފައެވެ.

ލިބިވަޑައިގެންފައިވާ އިލްމީ ގާބިލުކަމާއި، މަސައްކަތުގެ ތަޖުރިބާގެ އިތުރުން، ލީޑަރޝިޕްގެ ހުނަރުތަކުގެ ބޭނުންހިފައި، ފުވައްމުލަކު ސިޓީގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމަކީ ކައުންސިލަރ މަޝާގެ އެންމެ ބޮޑު އަމާޒެވެ.

އިންތިޚާބީ ދާއިރާ

މާދަޑު ދާއިރާ

ހުވާކުރި ތާރީޚް

17 މެއި 2026

ސިޔާސީ ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ކޮމިޓީ

  • އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް އެންޑް ޔުޓިލިޓީސް (މުގައްރިރު)
  • ޓޫރިޒަމް، ހެރިޓޭޖް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ކޮމިޓީ (ނާއިބު މުގައްރިރު)
  • ގަވަނެންސް، ފައިނޭންސް އެންޑް ޑިޖިޓަލް އިނޮވޭޝަން (މެމްބަރު)
  • ލޭންޑް ޔޫސް، ހައުސިންގް އެންޑް އާބަން ޕްލޭނިންގް (މެމްބަރު)
  • އެންވަޔަރަމެންޓް، ކްލައިމެޓް އެންޑް ރެސިލިއެންޒް (މެމްބަރު)
  • ހެލްތް، އެޑިއުކޭޝަން އެންޑް ޕަބްލިކް ސޭފްޓީ (މެމްބަރު)
  • ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ލައިފް (މެމްބަރު)